މިނިސްޓްރީ އޮފް ހެލްތާއި ހޮމްޓް އެސްޕަނިޔާއާއި އެކު 2 އެއްބަސް ވުމެއްގައި ސޮއިކޮށްފި

26 ޖެނުއަރީ 2023

ministree-of-helthaai-homt-espaniyaaaai-eku-2-ehbas-vumehgai-soikohfi-featured-image
ދިވެހިރާއްޖޭގެ ޞިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލ.ގަމުގައި 130 އެނދުގެ ޓާޝަރީ އައު ހޮސްޕިޓަލެއް އިމާރާތްކުރުމަށާއި ގ.ދގައްދޫގައި 30 އެނދުގެ ހޮސްޕޓަލެއް އިމާރާތްކުރުމަށް ސްޕޭންގެ ކުންފުއްޏެއް ކަމުގައިވާ ހޮމްޓް އެސްޕަނިއާ އާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަލްފާޟިލް އަހުމަދު އާދިލް އަދި ހޮމްޓް އެސްޕަނިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ހޮމްޓް އެސްޕާނިޔާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އެޑުއާރޑޯ އޮލިވޭރިއާ އެވެ.
އެއްބަސްވުމުގެ ދަށުން މި ދެހޮސްޕިޓަލްގެ އިތުރުން ކޮންމެ ހޮސްޕިޓަލަކާއި ގުޅިގެން ސްޓާފު އެކަމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކްޕްމަންޓާއި، މުވައްޒަފުން ތަމްރީން ކުރުން ހިމެނެއެވެ. މި ދެ ހޮސްޕިޓަލަށް މަތީގައި ދެންނެވިފައިވާ ކަންކަން ކުރުމަށް އެއްބަސްވެފައިވާއަގަކީ، €79,050,022.60 (ހަތްދިހަ ނުވަމިލިއަން ފަންސާސްހާސް ބާވީސް ޕޮއިންޓް ހައެއް ސުމެއް ޔޫރޯ)އެވެ.
މި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިންނެވެ. މި ދެ ހޮސްޕިޓަލް ތެރެއިން ލ.ގަމު ހޮސްޕިޓަލް އިމާރާތްކުރުމަށް ދެވިފައިވަނީ 36 މަސްދުވަހެވެ. އަދި ގދ. ގައްދޫ ހޮސްޕިޓަލް ޢިމާރާތްކުރުމަށް ދެވިފައިވަނީ 30 މަސްދުވަހެވެ.
މި ޕްރޮޖެކްޓަށް ފައިނޭސް ކުރުމަށް ހަމަޖެހިފައިވަނީ، ޑޮއިޗަރ ބޭންކުގެ ފަރާތުންނެވެ.