ވ އަތޮޅު ކައުސިންސިލާއި އެކު އެ އަތޮޅުގެ ޞިއްހީ ޚިދުމަތް ދޭ ތަންތަނުންދޭ ޚިދުމަތްތާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި އެކު މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އަދި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްގެ އިސްވެރިން ވަނީ ވ. ކެޔޮދޫ ހެލްތް ސެންޓަރުގެ މެނޭޖްމަންޓް އަދި ކެޔޮދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވާ، ޞިއްޙީ މަރުކަޒުގައި ދެމުންދާ ޚިދުމަތްތައް އިތުރަަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މީގެ ތެރޭގައި ބޭސް ހޯދުމާއި ޚިދުމަތް ފުޅާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.