ސްކޫލް އޮފް ނާރސިން ގެ އިސްވެރިންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި އައު

14 އޭޕްރީލު 2025
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ގެ، ސްކޫލް އޮފް ނާރސިން ގެ އިސްވެރިންނާއި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މިއަހަރުގެ ނަރުހުންގެ ދުވަސް ފާހަގަކުރުމާއި ގުލޭގޮތުން މަޝްވަރާކުރައްވާފައެވެ. މަޝްވަރާކުރެވުނު ކަންތައް ތަކުގެ ތެރޭގައި ނަރުހުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމާއި، ނަރުހުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
މީގެ އިތުރުން ނަރުހުންނަށް ދެވޭ ތަމްރީން އިތުރުކުރުމާއި، އިތުރު ތަމްރީން ފުރުޞަތު ހޯދުމުގެ އިތުރުން މިިނިސްޓްރީ އާއި ގުޅިގެން މަސައްކަތް ކުރުުމަށް ވަނީ މަޝަވަރާކޮށްފައެވެ.މި ބައްދަލުވުމުގައި ސްކޫލް އޮފް ނަރސިންގެ ޑީން އާސިޔާ އިބްރާހީމް ގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ