ޔޫ.އެންގެ ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް (ސީޕީޑީ58) ގެ 58 ވަނަ ޖަލްސާގައި ބޭއްވި ސެޝަން ގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޚަދީޖާ އަބުދުއްޞަދަމު ބައިވެރިވެ ވަޑައިގެންފިއެވެ.
އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގެ މައިގަނޑު ތީމަކީ މައިންނަށް ދުޅަހެޔޮ މުސްތަގުބަލެއް މި ޝިއާރެވެ.
ރެސިލިއެންސް، އިނޮވޭޝަން، އަދި ޕާޓްނަޝިޕްތަކަށް މި ތިންކަމަށް ފޯކަސްކޮށްގެން ކުރިއަށް ގެންދިޔަ މި އިވެންޓަކީ އެއް ޤައުމު އަނެއްޤައުމުން ހޯދާފައިވާ ކުރިއެރުންތައް ހިއްސާކުރުމާއި، ތަޖުރިބާތައް ހިއްސާކުރުމާއި، ޖަޒީރާ ގައުމުތަކަށް ދިމާވާ ތަފާތު ގޮންޖެހުންތަކަށް ތައްޔާރުކޮށްފައިވާ ހައްލުތަކާ ބެހޭ ގޮތުން އެއް ޕްލެޓްފޯމެއްގައި މަޝްވަރާކުރުމެވެ.
މި ސެޝަން މޮޑެރޭޓް ކުރެއްވީ ޔޫއެންއެފްޕީއޭގެ އޭޝިއާ ޕެސިފިކް ރީޖަނަލް އޮފީހުގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރު ޑރ. އެލެގްޒެންޑަރ ސާޝާ ބޮޑިރޯޒާ އެވެ.
މި ސެޝަންގައި ރާއްޖޭގެ އިތުރުން ހަތަރު ޤައުމެއްގެ އިސްވެރިންން ބައިވެރިވަޑައިގެނެވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) ޤައުމުތަކުގެ ލީޑަރުން އެއްވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ވިހެއުމުގައި ދަރިފުޅާއި މައިމީހާ މަރުވާ މިންވަރު ޒުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ އެއް އަމާޒަކަށް މަސައްކަތް ކުރުމެވެ.