ނ.ކެނދިކުޅުދޫ ޞިއްޙީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޘިމް އިބްރާޙިމް ބައިވެރިވެވަޑައިގެންފިއެވެ.
މިރަސްމިއްޔާތުގައި ސިއްޙީގޮތުން ކެނދިކުޅުދޫއަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށާއި، 20 އަހަރަށްވުރެ ގިނަ ދުވަހު ނ. ކެނދިކުޅުދޫ ޞިއްޙީ މަރުކަޒަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ ވަނީ ހަނދާނީ ފިލާދެއްވާފައެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް، މުވައްޒަފުންނާ ބައްދަލު ކުރައްވާ، އެތަންތަނުގެ ހުރި މައްސަލަތަކާއި ގުޅޭގޮތުން މިނިސްޓަރ ވަނީ މަޝްވަރާކުރައްވާއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި މިނިސްޓްރީގެ ސީނިއަރ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.