ރާއްޖޭގެ ބޮޑީބިލްޑިންގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ މިސްޓަރ މޯލްޑިވްސް 2024 ގެ މަގާމު މުޙައްމަދު ނަހްޔާން ހޯދައިފިއެވެ.
ފޯޖް ޖިމްގެ ފަރާތުން ވާދަކުރި ނަހްޔާން މި މަގާމު ހޯދާފައިވަނީ އެ ކެޓަގަރީގައި ވާދަކުރި ޝާހީން އިބްރާހީމް ދީދީއާ ވާދަކޮށްގެންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެިކޯށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އެވެ.
މިއަހަރުގެ މިސްޓަ މޯލްޑިވްސްގައި އެންމެ ވާދަވެރި އިވެންޓުތަކުގެ ތެރެއިން އެތުލެޓިކް ފިޒީކްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ އަބްދުﷲ އަހުސަނެވެ. އަދ ސްޕޯޓްސް ފިޒީކްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޕޮލިސް ޖިމްގެ އަޒްނީން ރަޝާދެވެ. މިއީ އޭނާ މި މަގާމު ޖެހިޖެހިގެން ހޯދި ފަސްވަނަ އަހަރެވެ.
މި މުބާރާތުގައި ގިނަ އަދަދެއްގެ އެތްލީޓުން ބައިވެރިވިއެވެ.