މިއޮޓް ރިހެބު ސެންޓަރެއް މާލޭގައި ހުޅުވައިފި އައު

30 އޭޕްރީލު 2025
މަޑްރާސް އިންސްޓިޓިއުޓް އޮފް އޯތޮޕީޑިކްސް އެންޑް ޓްރޯމަޓޮލޮޖީ (މިއޮޓް) އިން ރީހެބިލިޓޭޝަން ފަރުވާ ބޭނުންވާ ހުރިހާ ފަރާތްތަކަށް ޚިދުމަތް ދެވޭގޮތަށް ރިހެބް ސެންޓަރެއް މާލޭގައި މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.
މިއޮޓުން ބުނީ އެހޮސްޕިޓަލުގެ ރިހެބިލިޓޭޝަން ހިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ކޮންމެ އަހަރަކު އިންޑިއާއަށް ދަތުރުކުރައްވާއިރު، ވޭތުވެދިޔަ 10 ވަރަކަށް އަހަރު މިއޮޓް އިންޓަނޭޝަނަލް އިން އެތައް ހާސް ދިވެހި ރައްޔިތުންނަކަށް ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދީފާ ކަމަށެވެ.
އެހެންކަމުން ދިވެހިންނަށް ގާތުން ޚިދުމަތްދޭން ހުޅުވި މި ރިހަބެލިޓޭޝަން ސެންޓަރުން އެއްފުރާޅެއްގެ ދަށުން އެއްތައް ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ. ޚިދުމަތްދެއްވާނީ ގާބީލު ތަޖުރިބާކާރުންގެ ޓީމަކުން ކަމަށާއި އެގޭތެރޭގައި ރިހެބިލިޓޭޝަން ސްޕެޝަލިސްޓުން، ނިއުރޮލޮޖިސްޓުން، ސައިކޭޓްރިސްޓުން، ފިޒީޝަނުން، ސްޕީޗް ލެންގުއޭޖް ޕެތަލޮޖިސްޓްސް، އަދި އެހެނިހެން ތަޖުރިބާކާރުން ހިމޭ ކަމަށް މިއޮޓުން ފާހަގަކުރެއްވިއެވެ.
މި ސެންޓަރުން ދެވޭ ފަރުވާގެ ތެރޭގައި ނާރުގެ ބަލިތަކާއި ކެންސަރު އަދި ކުޅިވަރު ކުޅެގެން ލިބޭ އަނިޔާތަކުގެ ފަރުވާއާއި ތެރަޕީ ހިދުމަތްތަކުގެ އިތުރުން އިމަޖެންސީ ފަރުވާ ހިމެނެއެވެ. އަދި ރެސަސިޓޭޝަން ރޫމަކާއި ފިޒިއޮތެރަޕީ ސަޕޯޓުގެ ދަށުން ހަނދާން ނެތުމާއި، ސަމާލުކަމަށް ކުރާ އަސަރުތަކާއި، ނިދި ގެއްލުން ފަދަ މައްސަލަތަކަށް ވެސް ފަރުވާ ލިބޭނެއެވެ.
މިއޮޓުން ބުނީ މިސެންޓަރުން ޚިދުމަތް ދިނުމުގައި ބޭނުންކުރާނީ އެންމެ އެޑްވާންސް ޓެކްނޮލޮޖީ އަދި ސިއްހީ ވަސީލަތްތަކާއި މެޝިނަރީސްތައްކަމަށެވެ.
މިއޮޓް ރީހެބް ސެންޓަރު ހަދާފައި ވަނީ ގ. މޫނިމާގޭގައެވެ.