ދުންފަތް ކޮންޓްރޯލް ކުރުމަށް
އެކި ޤައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް
ތަންފީޒުކުރާގޮތް ދިރާސާކުރާ، ބައިނަލް އަޤްވާމީ ޖަމްޢިއްޔާއެއް ކަމުގައިވާ،
"ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް
(ޖީ.ޖީ.ޓީ.ސީ)" އިން ރާއްޖެއަށް ދިނީ އެ ޖަމްޢިއްޔާއިން ދެމުން އަންނަ
"އިންޓެގްރިޓީ އެވޯރޑް"އެވެ.
ރާއްޖެއަށް
މި އެވޯރޑް ދިނުމުގައި އެ ޖަމްޢިއްޔާއިން ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި، އެ
ޖަމޢިއްޔާއިން ކޮންމެ 2 އަހަރަކުން، 1 ފަހަރުއެނޖަމްޢިއްޔާއިން ޝާޢިޢުކުރާ
"ޓޮބޭކޯ އިންޑަސްޓްރީ އިންޓަރފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް
ލިބިފައިވާ ސްކޯރ ހިމެނެއެވެ. މި އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ
ސިޔާސަތުތަކަކީ ދެފުއްފެންނަ، އިޚްލާޞްތެރި އަދި ދުންފަތުގެ ސިނާޢަތުގެ ނުފޫޒުން
ސަލާމަތްވެފައިވާ ސިޔާޔަތުތަކެއްކަން ކަށަވަރުކުރުމަށް އެ ޖަމްޢިއްޔާއިން ކުރާ
ދިރާސާތަކުގެ ނަތީޖާ ހިމެނެއެވެ.
އިންޓެގްރީ
އެވޯރޑް ރާއްޖެއަށް ހަވާލުކުރެވުނީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑް ގެ
ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ
"ފްރޭމްވަރކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފް.ސީ.ޓީ.ސީ)" ގެ
ގަވަރނަންސް ބައްދަލުވުން ކަމުގައިވާ، "ކޮންފަރެންސް އޮފް ދަ ޕާރޓީސް
(ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާގައެވެ. ދިވެހިރާއްޖެއަކީ އެފް.ސީ.ޓީ.ސީ
ގެ މެންބަރު ޤައުމެކެވެ. އަދި ކޮޕް 11 ގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންއެއް
ބައިވެރިވެއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި
އެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ޑޮކްޓަރ
ސަލްމާ ރަޝީދުއެވެ. މި އެވޯރޑުން ހާމަވެގެންދަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު
މުޢިއްޒުގެ މޭސްތިރިކަމުގައި، ދިވެހި ރައްޔިތުން ދުންފަތުން ރައްކާތެރި ކުރުމަށާ
ދިވެހިންގެ ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ތަންފީޒުކުރަމުންގެންދާ
ސިޔާސަތުތަކަކީ، ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ ނަމޫނާ
ސިޔާސަތުތަކެއްކަމެވެ.