މާލެއިން ބޭރުން ހަދާ ފުރަތަމަ ދަމަނަވެށި ކުޅުދުއްފުށީގައި

13 މާރިޗު 2025
ކުޅުއްދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ޤާއިމްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފިއެވެ.
ރޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް އެވެ. ރޮޑް ދިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އެވެ.
މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08 ރުފިޔާ އެވެ. މަސައްކަތުގެ މުއްދަތަކީ ދޮޅު އަހަރެވެ.
މިއީ މާލެއިން ބޭރުން އެއްވެސް ތަނެއްގައި ހަދާ ފުރަތަމަ ދަމަނަވެށިއެވެ. މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ޚިދުމަތެއް ދޭ ގޮތަށް ކުރިއަށް ގެންދާ މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މިތަނުން ދޭ ޚިދުމަތުގެ ތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ހެދިބިޑުވުމުގެ މައުލޫމާތު އެއްކުރުމާއިި، ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުމުގެ އިތުރުން އެކި އެކި ޞިއްޙީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމް ތައްވެސް ހިންގާނެއެވެ.
ރޭގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މަސައްކަތް ނިމޭއިރު އެތަނުން ދެވޭ ޚިދުމަތަށްވެސް ކުރިއެރުން އަންނާނެއެވެ.