ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ރެލީއެއް ބާއްވައިފި

11 ޖުލައި 2024
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ރެލީއެއް މޯލްޑިވްސް ބްލަޑް ސަރވިސް އިން ބާއްވައިފިއެވެ.
ހައި-ރަނާސް އާއި ގުޅިގެން މޯލްޑިވްސް ބްލަޑް ސަރވިސް އިން އިންތިޒާމްކުރި މިރެލީގައި މޯލްޑިވްސް މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި ގިނަ މުވައްޒަފުން ބައިވެރިވިއެވެ.
ދުނިޔޭގެ ލޭ ހަދިޔާ ކުރާ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، މީހުންގެތެރޭގައި ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރުމެވެ.
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވައެވެ.
މި ދުވަހާއި ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "20 years of celebrating giving: thank you blood donors!" އެވެ.