ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

11 އޯގަސްޓު 2025
ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.
ކުޑަރިކިލު ޞިއްޚީ މަރުކަޒުގައި އައު އިމާރާތެއް އެޅުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއަށެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މި މަސައްކަތުގެ އަގަކީ 7 މިލިއަން ރުފިޔާއެވެ.