ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް، ތަރައްޤީ ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތާއި ކުޅުދުއްފުށީ ކައުންސިލާއި އެކު މަޝްވަރާކޮށްފި އެވެ.
މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ކުރިއަށް ދިޔަ މި މަޝްވަރާގައި މިހާރު ހޮސްޕިޓަލް ގައި ޚިދުމަތް ދިނުމަށް ހުރި ގޮންޖެހުންތަކާއި ޚިދުމަތް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ.
ކުޅުދުއްފުށީ ކައުންސިލްގެ އިތުރުން ދާއިރާގެ މަޖިލިސް މެމްބަރުންވެސް ބައިވެރިވި މި ބައްދަލުވުމުގައި ކުޅުދުފުށީ ހޮސްޕިޓަލްގެ އެކްޓެންޝަން އިމާރާތް އެޅާ ބިމުގެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މިހާރުވެސް ވަރަށް ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ހދ ގެ އިތުރުން ހއ ގެވެސް ވަރަށް ގިނަ ރަށްރަށުން މިހާރުވެސް ހޮސްޕިޓަލްގެ ޚިދުމަތް ހޯދުމަށް ކުޅުދުއްފުށްޓަށް ޒިޔާރަތްކުރެއެވެ.
ހެލްތު މިނިސްޓްރީން ވަނީ ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި އެޅުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ.
އެ ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08 ރުފިޔާ އެވެ.