ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިއަދު ހެލްތު މިނިސްޓްރީން ޓޮބޭކޯ ކޮންޓްރޯލް ބޯޑާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައިވާއިރު، ޑަބްލިއުއެޗްއޯއިންނާއި ޔުނިސެފުން ވެސް މި ކަމާގުޅޭގޮތުން ހެލްތު މިނިސްޓްރިއަށް ވަނީ ލަފާދެއްވާފައެވެ