ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުގައި ޞިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަަށް މިހާރު ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އިސްވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވި، މި ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެ މިހާރުގެ ހާލަތު ދެނަގަނެ، ރަނގަޅުކުރަންޖެހޭ ދާއިރާތައް ދެނެގަނެ، މުޅި އުތުރުގެ އާބާދީއަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދެވޭނެ ގޮތަކާއި ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނާޒިމާ އަލީ ވަނީ މިހާރު އެ ހޮސްޕިޓަލަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި، ބަލިމީހުންނަށް ފަރުވާ ދިނުމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު ކުރަމުންދާ ކަންކަމުގެ މައުލޫމާތު މިނިސްޓަރ އާއި ހިއްސާކޮށްފައެވެ..
މި ފަދަ ބައްދަލުވުން ތަކުން ދޭހަވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހަމަހަމަކަމާއި އެކު ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ދިނުމަށް ހެލްތު ކުރަމުންދާ މަސައްކަތް ކަށަވަރުކުރުމަށް މިނިސްޓްރީން ކުރާ މަސައްކަތެވެ.