ހދ. ހަނިމާދޫގައި އަޅާ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

25 އޯގަސްޓު 2025
ހދ. ހަނިމާދޫގައި އަޅާ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހަނިމާދޫ ގައި އަޅާ އައު ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހަނިމާދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އައު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. އަދި އަރިހުގައި މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސްވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހޮސްޕިޓަލަކީ 30 އެނދުގެ ހޮސްޕިޓަލެކެވެ.