ޑޮކްޓަރުން ތަމްރީން ކުރުމާއި ފާމަސޫޓިކަލް ދާއިރާއިން އެހީތެރިކަން ހޯދުމަށް މަޝަވަރާކޮށްފި އައު

14 އޭޕްރީލު 2025
ދިވެހިރާއްޖެއިން ބަނގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރުން ތަމްރީން ކުރުމާއި ފާމަސޫޓިކަލް ދާއިރާއިން ބަންގްލަދޭޝް އިން އެހީތެރިކަމާއި އެއްބާރުލުން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
އެގޮތުން މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ބަނގްލަދޭޝް އިން މެޑިސިން އިންޓަރޝިޕް ހޯދުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ފުރުސަތު ހޯދުމާއި ގުޅޭގޮތުން މަޝަވަރާކުރެވުނެވެ. މީގެ އިތުރުން ދެ ގައުމުގެ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ފައިދާވާނެ ގޮތަށް ތައުލީމާއި ތަޖުރިބާ އަދި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް ފުރޞަތު ހޯދުމަށް މަޝަވަރާކުރެވުނެވެ.
ހަމަމިއާއި އެކު ބަންގްލަދޭޝް އިން ރާއްޖެއަށް އަށް ބޭހާއި ވެކްސިން، އަދި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިޖިޓަލް ހެލްތުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުންވެސް ވަނީ މަޝަވަރާކޮށްފައެވެ.