ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނާ ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.
އެ ކުދިންގެ ބެލެނިވެރިންނާއި މިނިސްޓަރ ބައްދަލުކުރެއްވީ ހުޅުމާލޭ ހޮސްޕިޓަލާއި ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގެ އިސްވެރިންނާއި އެކުގައެވެ.
މި ބައްދަލުވުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ވަނީ އެކުދިންނަށް ދެމުންދާ ތެރަޕީތަކާއި ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން އެކުދިންނަަށް ފަރުވާ ހޯދުމުގެ ކަންކަމުގައި ކުރިއެރުން ހޯދުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.
މިނިސްޓަރ ވަނީ ބެލެނިވެރިންގެ ކަންބޮޑުވުން އަޑު އައްސަވާ އެކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތާއި ކުރެވެން ހުރި ކަންކަން ހިއްސާކޮށްފައެވެ.