5 މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުގައިި ހެލްތު މިނިސްޓަރ ގަހެއް އިންދައިފި ބަދަލުގެނެވިފައި

05 ޖޫން 2024
ރާޖޭގައި 5 މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުގައި މިނިސްޓަރ ޑޮކްޓަރ އަބުދުﷲ ޚަލީލް ގަހެއް އިންދައިފި އެވެ.
މިނިސްޓަރ ގަސް އިންދެވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރެއްވުމަށް މިއަދު ލޮނުޒިޔާރަތް ޕާކްގައި ބެއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތު ޞަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުންނެވެ.
މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.