ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.
މި އެއްބަސްވުން ތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމްއެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
އެމްޓީސީސީ އާއި ޙަވާލުކުރެވުނު މަސައްކަތް
1. ހދ. ނެއްލައިދޫ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް
2. ށ. މިލަންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް
3. ކ. ތުލުސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް
4. އއ. ރަސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް
5. ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް
މިމަހުގެ 12 ވަނަ ދުވަހު ހަތަރު ރަށެއްގެ ޞިއްހީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް ކުރުމަށް ވެސް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.