15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި ސިއްޚީ މަރުކަރުތަކަށް ބޭނުންވާ ސާރޖިކަލް ސާމާނުތައް ހަވާލުކޮށްފި

21 މޭ 2023
ރާއްޖޭގެ 15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި ސިއްޚީ މަރުކަރުތަކަށް ބޭނުންވާ ސާރޖިކަލް ސާމާނުތައް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސާރޖިކަލް ސާމާނުތައް ހޮސްޕިޓަލްތަކާއި ސިއްޚީ ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ފެސިލިޓީސްތަކާއި ހަވާލު ކުރެވިގެންދާ ސަރޖިކަލް އިންސްޓުރުމަންޓުސްތަކުން ރައްޔިތުންނަން ދެމުން ގެންދާ ޚިދުމަތްތައް އަވަސްވެ، ޚިދުމަތް ދިނުމަށް  ލުއި ފަސޭހަވެގެން ދާނެކަމަށެވެ.
ސރޖިކަލް އިންސްޓްރޫމަންޓްސްތައް ހަވާލުކޮށްފައިވާ 15 ރަށަކީ، ހއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، ކ. ތުލުސްދޫ ހޮސްޕިޓަލް، އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ވ. އަތޮޅު ހޮސްޕިޓަލް ހިމެނެއެވެ. އަދި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، ފ. އަތޮޅު ހޮސްޕިޓަލާއި، ދ. އަތޮޅު ހޮސްޕިޓަލާއި، ތ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ގއ. އަތޮޅު ހޮސްޕިޓަލް އަދި ފުވައްމުލައް ސިޓީގެ ހޮސްޕިޓަލެވެ.
ހަވާލުކޮށްފައިވާ އިންސްޓްރޫމަންޓްސްތަކުގެ ތެރޭގައި ޑްރެސިން ސެޓް، ބޭބީ ސެޓް، ޑެލިވަރީ ސެޓް، ޝޭޗާރ ސެޓް، އިންސިސަން އެންޑް ޑްރެއިނޭޖް ސެޓް، އަދި އާރޓިކަލް ފޯރ ޑްރެސީން ރޫމް ސެޓް ހިމެނެއެވެ.