ބިސްމިﷲ
ހިއްރަޙްމާނިއްރަޙީމް
އަލްޙަމްދު
ލިﷲ . ވައްޞަލާތު ވައްސަލާމް ޢަލާ ރަސޫލިﷲ .
ދިވެހިރާއްޖެގެ
ޢިއްޒަތްތެރި ރަޢީސުލްޖުމހޫރިއްޔާގެ ނާއިބް އަލްއުސްތާޒް ހުސެއިން މުޙައްމަދު ލަތީފް
ރަޢިއްޔަތުން
މަޖްލީހުގެ ޢިއްޒަތްތެރި މެންބަރުން
ޑަބްލިޔު
އެޗޮ އޯ ސައުތް އީސްޓް އޭޝިޔާ ރީޖަން ގެ ޑައިރެކްޓަރ ސައިމާ ވާޒިދް
ޑަބްލިޔު
އެޗް އޯ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޓްދަ މޯލްޑިވްސް ޑރ. ނާޒްނީން އަންވަރު
ހާޒިރުވެ
ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން
އައްސަލާމް
ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު
ކުޑަވެސް
ޝައްކެތް ނެތް. މިއަދަކީ ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދިވެހި
ރަޢިއްޔަތުންނަށްޓަކައި ރައީސް ޑރ. މުޢިއްޒު އިތުރު ފިޔަވަޅެއް ކުރިއަށް
އަޅުއްވާދެއްވާ ދުވަހެއް.
އެތައް
ދިވެހި ރައްޔިތުންނެއްގެ ކަންބޮޑުވުމެއް ކަމުގައިވާ ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި
، އެމައްސަލަ ކެބިނެޓްގައި އެޖެންޑާ ކުރެވި، މަޝަވަރާ ކުރެވި
ނިންމެވި
މުހިއްމު ނިންމެވުންތައް ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް
އިފްތިތާޙް ކުރެވޭ ދުވަސް.
ތެލެސީމިއާ
ބައްޔަށް ފަރުވާދިނުމަށްޓަކައި އެކަމަށް ޚާއްޞަކުރެވޭ ހޮސްޕިޓަލެއް
ދިވެހިރާއްޖޭގައި ޤާއިމް ކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރެވޭ ދުވަސް.
ތެލިސީމިއާ
ކޮންޓްރޯލް ކުރުމަށްޓަކައި 10 އަހަރު ދުވަހުގެ މާސްޓަރ ޕްލޭން އެއް އެކުލަވާލައި
އެ މާސްޓަރ ޕްލޭން ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށޭދުވަސް.
މިއީ
ދިވެހިންގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދިވެހި ރަޢިއްޔތުން ކުރަމުންދާ
މަސައްކަތްތަކަށް ލިބުނު ނުހަނު ބޮޑު ކަމިޔާބީއެއް ކަމުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް
ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.
ޚާއްޞަކޮށް
މިކާމިޔާބީގެ މޭސްތިރިޔާ އިއްޒަތްތެރި ރައީސް ޑރ. މުޢިއްޒަށް ޙައްޤު ޝުކުރާ މަރުޙަބާ ދަންނަވަން.
އާދެ
! ޑޮކްޓަރީ
ބޭސްފަރުވާގެ ނިޒާމު ނުވަތަ މިހާރު މިދެކޭ ހޮސްޕިޓަލް ބޭސްފަރުވާގެ ނިޒާމުގެ
މަސައްކަތް ދިވެހިރާއްޖޭގައި ފެށުނީ މިލާދީން 1948 ވަނަ އަހަރު ، މިހާރު
ރައްޔިތުންގެ މަޖްލިސް އެހުރި ބިމުގައި ހުރި އިމާރަތެއްގައި.
އެ
ތަނަށް ފަހުން ގަވަރުމެންޓް ހޮސްޕިޓަލްގެ ނަމުން ނަންދެވިފައިވޭ.
މި
ނިޒާމު ދިވެހިރާއްޖެއަށް ތަޢާރަފް ވިތާ 75 އަހަރަށްވުރެ ގިނަ ދުވަސްވިފަހުން
މިއަދު
މި ސޮއިކުރެވުނީ ވަކިބައްޔަކަށް ޚާއްޞަކުރެވިގެން ދިވެހިރާއްޖޭގައި ޤާއިމް ކުރެވޭ
ފުރަތަމަ ޚާއްޞަ ހޮސްޕިޓަލް ޤާއިމް ކުރުމުގެ މަސައްކަތް ފަށައި ގަތުމުގެ ކޮންޓްރެކްޓްގައި.
އާދެ ! ތެލިސީމިޔާ ބައްޔަށް ފަރުވާދޭ ޚާއްޞަ ހޮސްޕިޓަލެއް ބިނާ ކުރުމުގެ
މަސައްކަތުގެ ކޮންޓްރެކްޓްގައި.
ރާއްޖޭގެ
ތެލެސީމިޔާ ބަލީގެ ހާލަތަށް ބަލާއިރު ،
1970
ގެ ކުރީކޮޅު މި ބަލި ރާއޖޭން ފެނިގެން ރިޕޯރޓް ކުރވިފައިވާ ކަމަށް
ލިޔެކިޔުންތަކުންދައްކާ. މިދެންނެވީ 50 އަހަރު ކުރީގެ ވާހަކަ.
އެދުވަސްވަރުވެސް
ތެލިސީމިޔާ ބައްޔަށް ފަރުވާ ކުރުމަށްޓަކައި ބައެއް ތަނަވަސް އާއިލާތަކުން ސްރީލަންކާއަށް ގޮސްއުޅުނުކަމަށް އެނގެން
އެބައޮތް.
1985
ވަނަ އަހަރު، ދިވެހިރާއްޖޭގެ ލެބޯޓްރީއެއްގައި ތެލެސީމިޔާ ބައްޔަށް ޓެސްޓް ކުރަންފެށިފައިވޭ.
އޭގެ
40 ށް އަހަރު ފަހުން މިއަދު މި އިފްތިތާޙް ކުރެވެނީ ތެލިސީމިއާ ކޮންޓްރޯލް
ކުރުމަށްޓަކައި ދިވެހިރާއްޖޭގައި
އެކުލަވާލެވުނު މިފަދަ ފުރަތަމަ މާސްޓަރޕްލޭން.
ވުމާ
އެކު މިއަދު އިފްތިތާޙް މިކުރެވޭ ދެ މަޝްރޫއު އަކީވެސް ދިވެހިރާއްޖޭގެ ޞިއްޙީ
ނިޒާމު މުޅިން އައު ހަރުފަތަކަށް ގެންދިޔުމަށްޓަކައި މިއަދުގެ ސަރުކާރުން
ކުރައްވަން ރާއްވަވާފައިވާ މަސައްކަތުގެ ތެރެއިން މުހިއްމު ދެ މަސައްކަތެއް.
ދެންނެވުމުގެ
ބޭނުމެއް ނެތްފަދައިން. ބަލިމަޑުކަމަކުން ސަލާމަތްވެ ތިބުން މިބިނާވަނީ ގުޅިލާމެހިފައިވާ
ނިޒާމެއްގެ ތެރެއިން ކުރެވޭ ގިނަގުނަ އެތައް މަސައކަތްތަކަކަށް.
މިއަދު
މި ތަންފީޒުކުރަން ފެށޭ ތެލެސީމިއާ މާސްޓަރ ޕްލޭން އަކީ މިދެންނެވި މުޅި ނިޒާމަށް
ރިޢާޔަތް ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއް.
މައިގަނޑު
7 ސްޓްރެޓީޖިކް ޓަރގެޓްސް
ހިމެނިފައިވާނެ. އޭގެ ތެރޭގައި
ޕޮލިސީސް
އަދި ގަވަރނެންސް ފްރޭމްވަރކް ހަރުދަނާކުރުމާ
އާރލީ
ޑިޓެކްޝަން އެންޑް ޕްރިވެންޝަން ހަރުދަނާކޮށް
ރިލަޔަބްލް
އެންޑް ކުއަލިޓީ ސަރވިސަސް ފޯރުކޮށްދިނުމާ
ރިސަރޗް
އެންޑް އެވިޑެންސް ބޭސްޑް ކެއަރ ފޯރުކޮށްދިނުމާ
އިންޓަރ
ގްރޭޓެޑް ޑޭޓާ ސިސްޓަމް އަކުން ނިޒާމު ބެލެހެއްޓުމުގެ އިތުރުން
ހިއުމަން
ރިސޯސް އަދި އިނފްރާ ސްޓްރަކްޗަރ ޤާއިމްކުރުން ހިމެނިފައިވާނެ.
ތެލެސީމިއާބަލީގެ
ޙާލަތު ރަނގަޅު ކުރުމަށް މި ވޭތުވެ ދިޔަ 10 މަސްދުވަހުގެ ތެރޭގައި ގިނަ ގުނަ
މަސައްކަތަތަކެއް ކުރެވިފައިވޭ.
ހީނަރުވެފައިވާ
ތެލިސީމިއާ ކުދިން ސްކްރީން ކުރުމުގެ މަސައްކަތް އިތުރު ގިއަރެއްގައި ކުރިއަށް
ގެންދެވި.
މި
ބައްޔަށް، ޚާއްޞަކޮށް ސްކޫލްކުދިން ހޭލުންތެރިކުރުވުގެ މަސައްކަތް ފުޅާކޮށް
ކުރިއަށް ގެންދެވިފައިވޭ.
ބްލަޑް
ބޭންކިންގ އިތުރުކުރުމުގެ ގޮތުން 4 ސަރަޙައްދެއްގައި ބްލަޑް ބޭންކް ވަނީ ޤާއިމް
ކުރެވިފަ.
މެދުކެނޑުން
އައިސްފައިވާ ބޯންމެރޯ ޓްރާނސްޕްލާންޓް ހެދުމުގެ މަސައްކަތް އަލުން މިއަހަރު ފެށި މިއަހަރު
14 ކުދިން ބޯންމެރޯ ޓްރާނސްޕްލާންޓް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވިފައިވޭ.
ރާއްޖޭން
ބޭރަށްގޮސް ނޫނީ ކުރިން ނުހެދޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން
ހަދަންޖެހޭ އެޗް އެލް އޭ ޓައިޕިންގް ޓެސްޓް ރާއްޖޭގައި ތިބެގެން ހެދޭނެ މަގުވަނީ
ތަނަވަސްކުރެވިފަ.
ކުދިންނަށް
ބޭނުންވާ ލޭހޯދުން ފަސޭހަ ކުރުމަށްޓަކައި ލޭ އެޕެއް ވަނީ ތަޢާރަފް ކުރެވިފަ.
ތެލެސީމިއާ
ކޮންޓްރޯލް ކުރުމުގެ ބެސްޓް ޕްރެކްޓިސެސް ދެނެގަތުމަށްޓަކައި މިކަން އެންމެ
ރަނގަޅައް ކުރާ ދެ ޤައުމެއްކަމުގައިވާ އިޓަލީ އާއި ސައިޕްރަސް އާއެކު މަޝްވަރާ
ކުރެވި ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި އެމް އޯ ޔޫ އެއްގައި ސޮއިކުރުމަށް ވަނީ
ތައްޔާރުވެފަ.
ތެލެސީމިއާ
ފަންޑް ކޮމެޓީ އެކުލަވާލެވި ނެޝަނަލް ބްލަޑް ކައުންސިލްގެ މަސައްކަތް ކުރިއަށް
އެބަގެންދެވޭ.
2025
ވަނަ އަހަރު ބޯން މެރޯ ހެދުމަށް ފޮނުވާނެ ކުދިން ސްކްރީން ކުރުމުގެ މަސައްކަތް
ވަނީ ފެށިފަ.
ތެލެސީމިއާ
ބަލި ކަށަވަރު ކުރުމަށްޓަކައި ބައެއް ޙާލަތްތަކުގައި ކޮންމެހެންވެސް ހަދަންޖެހޭ ޑީ
އެން އޭ ޓެސްޓް ސަރުކާރުގެ ހޮސްޕިޓްލްގައި ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެެ
މަސައްކަތް ކުރިއަށް އެބަދޭ.
ބަލިވެ
އިނުމާއި ގުޅިގެން ތެލެސީމިއާ ކުއްޖެއްތޯ ބެލުމަށް ހަދާ ޓެސްޓް އާދެ. ޕްރިނޭޓަލް ޑައިގްނޯސިސް ފެށުމަށްޓަކާ
ކުރަންޖެހޭ މަސައްކަތަތަކުގެ ތައްޔާރީތަޢް މިހާރުދަނީ ކުރެވެމުން.
މިފަދަ
ކޮންމެ ކަމެއްގައި ޑަބް ލިޔު އެޗް އޯއިން ދެއްވަވާ އެހީތެރިކަމަށް ޑަބްލިޔު އެޗް
އޯ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަދި
ވަކިން ޚާއްޞަކޮށް ކުރީގެ ހެލްތަ މިނިސްޓަރ ، މިހާރުގެ ފޮރިން މިނިސްޓަރ
ކޮށްދެއްވާފައިވާ މުހިއްމު މަސައްކަތްތަށް ފާހަގަކޮށް ނުހަނު އިޚްލާސްތެރިކަމާއެކު
ޝުކުރު ދަންނަވަން .
މި
ސަރުކާރު އާދެ! ރައީސް ޑރ. މުއިއްޒުގެ ސަރުކަރުވާނީ ހެލްތް ނިޒާމު މުޅިން އައު
އުސް ހަރުފަތަކަށް ގެންގޮސްދޭނެ ސަރުކާރަކަށް.
ރައީސުލް
ޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅު ކުރިއަށް އޮތުމާއެކު އަޅުގަނދުގެ ވާހަކަކޮޅު
ކުރުކޮށްލާނަން.
މިހަފްލާ
ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލް ޖުމހޫރިއްޔާގެ ނާއިބް ވަޑައިގެން
ދެއްވިކަމަށްޓަކއި ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަން.
އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ
މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.