ކުވައިތު ފަންޑުގެ އެހީގައި 07 ހޮސްޕިޓަލް އިމާރާތްކުރުމަށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރައްވައިފި

16 މޭ 2023

kuvaithu-fanduge-eheegai-07-hospital-imaaraaikurumah-kontrektarunnaai-avaalukurahvaifi-2-featured-image
ކުވައިތު ފަންޑުގެ އެހީގައި 07 ހޮސްޕިޓަލް އިމާރާތްކުރުމަށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި 07 ހޮސްޕިޓަލްގެ ތެރެއިން ހދ. ހަނިމާދޫ، އދ. މާމިގިލީ، ވ. ފެލިދޫ އަދި ތ. ވިލުފުށީގެ ހޮސްޕިޓަލް އިމާރާތްކުރުމަށް ހަވާލުކުރެވިފައިވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އަދި ށ. މިލަންދޫ، ނ. ވެލިދޫ އަދި ކ. ތުލުސްދޫގެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލުކުރެވިފައިވަނީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.
މި 7 ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ކުވައިތު ފަންޑުން 686,089,524.22ރ ( ހަސަތޭކަ އައްޑިހަ ހަމިލިޔަން ދުއިސައްތަ އައްޑިހަ ނުވަހާސް ފައްސަތޭކަ ސައުވީސް ރުފިޔާ ބާވީސް ލާރި) ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން މަތީގައި ދެންނެވިފައިވާ ކޮންމެ ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި ހޮސްޕިޓަލް ތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލް ތަކެވެ.
ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތަ އަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯ ވޯޓުގެ ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވޭ، ހަމަ މިއާއި އެކު ކާރި ރައްރަށަށް ބޭނުންވާ އޮކްސިޖަން ފުޅިސަޕްލައި ކުރުމައްޓަކައި މިތަނުގައި އޮކްސިޖަން ޕްލާންޓެއްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންޓްރެކްޓުގެ ދަށުން 540 ( ފައްސަތޭކަ ސާޅީސް) ދުވަހުގެ ތެރޭގައި ހުރިހާ ހޮސްޕިޓަލެއް ނިންމުމަށް ހަވާލުކުރެވިފައިވެއެވެ.