ވިލިމާލެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފިއެވެ.
މިކަމަށްޓަކައި ވިލިމާލޭ ހޮސްޕޓަލުގައި ރޭ ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް
ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި،
މާލޭގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިން އަދި ވިލިމާލެ ހޮސްޕިޓަލްގެ އިސްވެރިން
ބައިވެރިވަޑައިގެންނެވި އެވެ.
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލް އިތުރަށް
ތަރައްްޤީކުރުމަށް މިހާރު ދަނީ 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ.