އުނގޫފާރު ހޮސްޕިޓަލް ގެ އައު އައު ޢިމާރާތް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

23 އޭޕްރީލު 2025
ރ. އުނގޫފާރު ހޮސްޕިޓަލް ގެ އައު އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު ޤާސިމް އެވެ. މޯލްޑިވްސް ޓޤރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
ދޮޅު އަހަރު ( 540 ދުވަސް ) ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވުނު މި ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 161,245,343/52ރ. ރުފިޔާ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރެވޭ އައު ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު އުުނގޫފާރު ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރެވިގެންދާނެއެވެ.