ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ތެރެއިން ސިއްހީ ހިދުމަތް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޑިޖިޓަލް ހެލްތު ރޯޑްމެޕް ގެ މަސައްކަތް ކުރިއަށް ދާ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި ކަމާއި ގުޅުންހުރި ދާއިރާތަކުން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އަސަންދާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަދި ރައީސް އޮފީހުގެ ޑިޖިޓަލައިޒޭޝަން ޓީމްގެ އިސްވެރިންނެވެ..
މި ބައްދަލުވުމުގައި މަޝަވަރާކޮށްފައިވަނީ ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރެވޭ މަސައްކަތްތައް އެންމެން ގުޅިގެން ކުރުމާއި، ޚާއްސަކޮށް ޕްރައިމަރީ ހެލްތްކެއާ އަދި އާއްމު ސިއްހަތު ރައްކަތެރިކުރުމަށް ކުރެވޭ މަސައްކަތް ހަރުދަނާކުރުމަށެވެ. ސްޓޭކްހޯލްޑަރުން ވަނީ މިހާރު ހުރި ސިއްހީ މައުލޫމާތު އެ ގެ ޑޭޓާސެޓްތައް އެއްކޮށްލައިގެން ބަލިމީހުންގެ މައުލޫމާތު ލިބޭނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ މަޝަވަރާކޮށްފައެވެ.
މި ނިޒާމުގެ ދަށުން ޓެލެމެޑިސިން، އަދި އިލެކްޓްރޯނިކް ހެލްތު ރެކޯޑްސް (އީއެޗްއާރު) ފަދަ ޑިޖިޓަލް މައުލޫމާތު އެއްތަނަކުން ލިބި ޚިދުމަތް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެއެވެ.