ސީޕްލޭންގެ ޚިދުމަތް ފެށުން

14 މާރިޗު 2024
ޞިއްޙީ އިމަޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި ފެށި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސީޕްލޭންގެ ޚިދުމަތް މާދަމާ ފެށުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން އެއަރ އެންބިއުލަންސް ޚިދުމަތް ސަރުކާރުގެ ވައުދުތަކުގެ ދަށުން 1 މާރިޗް 2024 ގައި ފަށާފައިވާއިރު، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ، ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރުމެވެ.
މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްގެ ނިޒާމްގެ ތެރެއަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއަރ ކޯޑިނޭޓްކުރުމުގެ އިންތިޒާމް ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ނިޘާމް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ޤާއިމްކުރެވި ކުރިއަށް ގެންދެވޭނެއެވެ.