ނ.ކުޑަފަރީ ޞިއްޙީ މަރުޒަކުގެ އައު އިމާރާތުގެ މަސައްކަތް
ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެކު
ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި
އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ
ހެލްތު އިސްމާޢިލް ޝަރީފް ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (
އެމްޓީސީސީ)ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ،
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
360 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މިމަޝްރޫޢުގެ
އަގަކީ27،635،152.40ރ.ރުފިޔާއަށެވެ.