މެންޓަލް ހެލްތު ޓޭކްނިކަލް އެޑްވައިޒަރި މިއަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި.

23 އޭޕްރީލު 2025
ޑިޕާޓްމެންޓު:
މެންޓަލް ހެލްތު ޓޭކްނިކަލް އެޑްވައިޒަރި ކޮމެޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
ހެލްތު މިނިސްްޓްރީގައި މިއަދު ބޭއްވި މި ކޮމެޓީ ބައްދަލުވުމުގައި ކޮމެޓިގެ މެމްބަރުން އަދި މޯލްޑިވްސް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓްގެ މެމްބަރުން ވަނީ މިނިސްޓަރ އަށް ތައާރަފުވެފައެވެ.
މި ކޮމެޓީގައި މެމްބަރުން ހިމެނޭ ދާއިރާތަކަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ޔުނިސެފް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު އެންޑް އެމްޕަވަރމަންޓް، ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތު، މެންޓަލް ހެލްތު ސެންޓަރ ހުޅުމާލެ، ނޭޝަނަލް ޑްރަގް އެޖެންސީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ސައިކޮލޮޖިސްޓެކެވެ.
މި ކޮމެޓީގެ މަޤްޞަދަކީ ނަފްސާނީ ސިއްޙަތުގެ ނިޒާމު ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ޕޮލިސީ، ސްޓްރެޓެޖީތައް ކަނޑައަޅުމާއި، މިންގަނޑުތަކާއި، ޤަވާއިދުތަކާއި، އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ވިސްނުން ޑިޕާޓްމަންޓަށް ޙިއްސާކޮށް އިރުޝާދު ދިނުމާއި، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނަފްސާނީ ސިއްޙަތުގެ ޤައުމީ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ބާރުއަޅާ މަގުފަހި ކުރުމުގެ އިތުރުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓާއި، ގުޅުންހުރި މުއައްސަސާތަކުން ކުރާ މަސައްކަތްތަކުގައި ފަންނީ ލަފާ ފޯރުކޮށްދިނުން.