މެންޓަލް ހެލްތު ޑިޕާރޓްމަންޓާއި ހުޅުމާލޭ ފުލުހުންނާއި ބައްދަލުކުރުން

08 މޭ 2025
ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކުރާ މަސައްކަތުގައި ހުޅުމާލޭ ޕޮލިސް ސަރވިސް އާއި މިިނިސްޓްރީ އޮފް ހެލްތުގެ މެންޓަލް ހެލްތު ޑިޕާރޓްމަންޓާއި އެކު ހާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝަވަރާ ކުރެވިފައިވަނީ ރައްޔިތުންނަށް ލިބޭ މި ޚިދުމަތް އަވަސް ކުރުމާއި ގާތުން ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމާއި ޚިދުމަތް ފުޅާކުރުމެވެ.
މެންޓަލް ހެލްތު ޑިޕަރޓްމަންޓްގެ މަޤްޞަދަކީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހުޅުމާލޭ ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ.
މެންޓަލް ހެލްތު ހެލްޕްލައިން ނަންބަރަކީ 1677 އެވެ. މިއީ ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ.