މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަމާގުޅޭ
ގޮތުން ސެޝަންތަކެއް ބާއްވައިފިއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ
ކުރުމުގެ ގޮތުން ދަމަނަ ވެށިން ކުރިއަށް ގެންދިޔަ ސެޝަންތައް އެކި އޮފީސްތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ.
މި
ސެޝަންތަކުގެ މަޤްސަދަކީ ސްޓާފުންގެ މަސައްކަތުގެ މާހައުލުން ދުރުކޮށްލުމަށްފަހު
ހިތްހަމަ ޖައްސާލާ މަޖާކޮށްލުމާއި އަދި ސްޓާފުންގެ މަސައްކަތުގެ މޯޓިވޭޝަން
ރަނގަޅުކުރުމާއި އަދި ސްޓާފުންގެ މަސައްކަތުގެ މާހައުލުގައި ހުރި ނަފްސާނީ
ސިއްޙަތައް އަސަރުކުރުވާ ކަންކަން ހިއްސާކޮށްލުމާއި އަދި އެކަންކަމުން
އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މައުލޫމަތު ދިނުމެވެ.
ނަފްސާނީ ޞިއްޙަތުގެ މުހިއްމުކަން މުޅިދުނިޔޭގެ
ސަމާލުކަމަށް ގެނަސް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް
ބާރުއެޅުމަށްޓަކައި ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަސް
ޚާއްސަކޮށްފައިވަނީ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅިގެން ހޭލުންތެރިކުރުމުގެ ގިނަ
ހަރަކާތްތަކެއް ހަފްތާއަށް ބަހާލާއިގެން ކުރިއަށް ގެންދިއުމަށް މެންޓަލް ހެލްތު
ޑިޕާޓްމަންޓާއި، ދަމަނަވެށިން ވަނީ ނިންމާފައެވެ.
މިއަހަރު ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ޝިޢާރުގެ
ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވަނީ"
Mental Health at Work ' ނުވަތަ "މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން" މި ޝިޢާރެއެވެ.