މާލެ އަތޮޅު ޞިއްޙީ މަރުކަޒުގެ ވޯޑާއި ލެބޯޓަރީ މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވައިފި

05 ޖޫން 2024
ކ. ތުލުސްދޫގައި ހުންނަ މާލެ އަތޮޅު ޞިއްޙީ މަރުކަޒުގެ ވޯޑާއި ލެބޯޓަރީ މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.
މިކަމަށްޓަކާ މާލެ އަތޮޅު ޞިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް އެވެ.
މިރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަވަޑައިގެންނެވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އާއި ސްޓޭޓް މިނިސްޓަރ އައިމިނަތު ޝިރުނާ އާއި ސްޓޭޓް މިނިސްޓަރ އިސްމާއީލް ޝަރީފް އެވެ.
މާލެ އަތޮޅު ޞިއްޙީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް ކޮށްފައިވަނީ އެ ރަށު ކައުންސިލުގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.
މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ޞިއްޙީ މަރުކަޒުގެ ވަރޑްތަކާއި ލެބޯޓްރީ ބޮޑުކޮށް އޭސީ ހަރުކޮށްފައިވެއެވެ. މީގެ އިތުރުންވެސް ޞިއްޙީ މަރުކަޒަށް އަންނަ ބަލި މީހުންނަށް ހިއްފަސޭހަ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
މި މަސައްކަތް ކޮށްފައިވަނީ މާލެ އަތޮޅު ޞިއްހީ މަރުކަޒުގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.