ކޮރެއަން އިންޓަނޭޝަނަލް ކޯޕަރޭޝަން
އޭޖެންސީގެ ފަރާތުން ޕޯޓަބަލް އެކްސްރޭ މެޝިނެއް މިއަދު ހަދިޔާ ކޮށްފި އެވެ.
ކޮރެއަން އިންޓަނޭޝަނަލް ކޯޕަރޭޝަން އިން
ހަދިޔާ ކުރި އެކްސްރޭ މެޝިން ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ވަނީ
ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ކޮރެއަން އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ހިލޭ
އެހީގެ ދަށުން ހަދިޔާ ކުރި އެކްސްރޭ މެޝިންގެ އަގަކީ 98000 އެމެރިކާ ޑޮލަރެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޕޯޓަބަލް އެކްސްރޭ މެޝިން
މިނިސްޓްރީ އޮފް ހެލްތާއި ހަވާލުކޮށްދެއްވީ ކޮރެއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި
ހުންނަވާ ސަފީރު މިޔޮން ލީ އެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެކްސްރޭ
މެޝިނާއި ހަވާލުވެލެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ އަބްދުއްޞަމަދު
އެވެ.
މިރަސްމިއްޔާތުގައި ކޮރެއަން އިންޓަނޭޝަނަލް
ކޯޕަރޭޝަންގެ އިސްވެރިންނާއި ރާއްޖޭގައި ހުންނަ ކޮރެއަން އެމްބަސީގެ އިސްބޭފުޅުން
ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންވެސް
މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޕޯޓަބަލް އެކްސްރޭ މެޝިން އަކީ ފަސޭހަ
ކަމާއިއެކު ބޭނުން ކުރެވޭ ކޮންމެތާކަށްވެސް ގެންގުޅެން ފަސޭހަ މެޝިނެއް ކަމަށް
ކޮރެއަން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ އިން މައުލޫމާތުދެ އެވެ.