ގްރޭޓަރ މާލޭ ސަރަހައްދުގައި ސްޕެޝަލިސްޓް ހޮސްޕިޓަލްތަކެއް އެޅުމަށް
ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން ސަރުކާރުން ވަނީ ކެންސަރު ބައްޔައް ފަރުވާދިނުމަށް ޚާއްޞަ
ހޮސްޕިޓަލަކާއި، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕީޓަލެއްގެ އިތުރުން
ތެލަސީމިއާ އަށް ޚާޢްޞަ ހޮސްޕިޓަލެއް ޤާއިމްކުރުމަށް ނިންމާފައެވެ. ކެންސަރު
ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލް މާލޭގައި އެޅުމަށް ނިންމާފައިވާއިރު ތެލަސީމިއާ
ހޮސްޕިޓަލް އަދި އަންހެނުންނާއި ކުޑަކުދިންނަށް ފަރުވާދޭ ޚާއްޞަ ހޮސްޕިޓަލް
އެޅުމަށް ނިންމާފައިވަނީ ހުޅުމާލޭގައެވެ.
މި ސަރުކާރުގެ އަމާޒަކީ މި ފަސްއަހަރު ނިމުމުގެ ކުރިން މި ހޮސްޕިޓަލްތަކުގެ
މަސައްކަތް ނިންމާ ރައްޔިތުންނަށް އެ ހޮސްޕިޓަލް ތަކުން ބޭނުންވާ ޚާއްޞަ ފަރުވާ
ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
ހަމަ މިއާއި އެކު ރަށްރަށުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިން
ލިބެމުން ނުދާ ފަރުވާތައް ލިބޭނެ އިންތިޒާމްހަމަޖެއްސުމަށް މިނިސްޓްރީން ދަނީ
މަސައްކަތް ކުރަމުންނެވެ.