ދަމަނަވެށިން އާރުޑީސީ ގެ މުވައްޒަފުންނަށް ސެލްފް ޑިވެލޮޕްމަންޓް ސެޝަނެއް ނަގައިފި

22 އޭޕްރީލު 2025
ޑިޕާޓްމެންޓު:
ދަމަނަވެށީގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފުންނަށް ސެލްފް ޑިވެލޮޕްމަންޓް ސެޝަން އެއް ކުރިއަށް ގެންގޮސްފިއެވެ.
ދަމަވަވެށީގެ މެންޓަލް ހެލްތު ޔުނިޓްގެ މުވައްޒަފުން ނަގައިދިން މި ސެޝަން ކުރިއަށް ދިޔައީ އޭޕްރީލް 21 ވަނަ ދުވަހުއެވެ.
ސީރީޒްއެއް ގޮތަށް ކުރިއަށް ގެންދާ ސެލްފް ޑިވެލޮޕްމަންޓް ސެޝަންތަކުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔައީ ''އިމޯޝަނަލް އިންޓެލިޖެންސް އެޓް ވޯރކް ޕްލޭސް" މި މައުޟޫއަށެވެ.
މިސެޝަންގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އާރުޑީސީ ) ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.