5 ރީޖަނަލް ހޮސްޕިޓަލެއް 2 ދަންފަޅިއަށް ޚިދުމަތް ދޭން ނިންމައިފި އައު

02 ޖުލައި 2024
ފަސް ރީޖަނަލް ހޮސްޕިޓަލުން 2 ދަންފަޅިއަށް ޚިދުމަތް ނިންމައިފި އެވެ.
މީގެ ކުރިން އެއް ދަންފަޅިއަށް ޚިދުމަތް ދެމުން އައި ފަސް ރީޖަނަލް ހޮސްޕިޓަލެއް މިމަހުން ފެށިގެން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
އެއީ ގދ ތިނަދޫ ގައި ހުންނަ ޑރއަބްދުއްޞަމަދު ރީޖަނަލް ހޮސްޕިޓަލް، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް، ލ އަތޮޅު ރީޖަނަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ރ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ދަންފަޅިއަށް ކިދުމަތް ދޭން ފަށާފަ އެވެ. ދެން ހުރި ހޮސްޕިޓަލްތަކުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ރީޖަނަލް ހޮސްޕިޓަލް ތަކުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުން އެތަންތަނުން ޚިދުމަތް ހޯދާ ރައްޔިތުންނަށް އެތައްގޮތަކުން ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.