ކްލިނިކަލް ނަރސް - ދަމަނަވެށި - އިންޓަރނަލް އިއުލާނު

03 ފެބްރުއަރީ 2026

އިންޓަރނަލް އިޢުލާނު
މަޤާމު:
ކްލިނިކަލް ނަރސް
މަޤާމުގެ ނަންބަރު:
J-440792
ބޭނުންވާ އަދަދު:
01 (އެކެއް)
މަޤާމުގެ ގިންތި:
ދާއިމީ
ޕަބްލިކް ސަރވިސް ރޭންކް
ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން:
ދަމަނަވެށި، މާލެ
މަޤާމުގެ އަސާސީ މުސާރަ:
-/17،932 ރ
މަޤާމު އެލަވަންސް:
-/10،270 ރ
ހާޒިރީ އިނާޔަތް:
މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/278 ރ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1.       ދަމަނަ ވެށީގެ މެޓާނަލް އެންޑް ޗައިލް ހެލްތު ސެކްޝަނާއި އެ ސެކްޝަންގެ ދަށުން ހިނގާ ޔުނިޓްތަކުގައި ކުރާ މަސައްކަތްތަކުގެ އެސް.އޯޕީ އެކުލަވާލުމާ، އެސް.އޯ.ޕީ އަދާހަމަކޮށް މުވައްޒަފުންނަށް އެންގުން. އަދި ނަރުހުންގެ މަސައްކަތްތައް ސުޕަރވައިޒް ކުރުމާއި އެ މުވައްޒަފުންގެ ޓާގެޓް ކަނޑައަޅާ އެޕްރައިޒަލް ފޯމުތައް ފުރިހަމަކުރުން. މީގެ އިތުރުން އަމަލީ ތަޖުރިބާ ހޯދުމަށް އަންނަ ދަރިވަރުންގެ މަސައްކަތް ސްޕަވައިޒްކުރުމާއި ސްޕަވައިޒް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
2.       އެކަށީގެންވާ ގޮތަށް ވެކްސިންދިނުމާއި، ގްރޯތް މޮނީޓަރިން އަދި އާއިލާ ރޭވުމުގެ ޚިދުމަތް ދެވޭނޭ ފަދަ އިންތިޒާމުތައް ރޭވުމާއި، މި ޚިދުމަތްތައް ދިނުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުމާއި، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޞިއްޙީ ފަރުވާ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.
3.       ޑިއުޓީ ތާވަލް އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރެވޭ މުއްދަތުގައި ކޮންމެ ހަފްތާއެއްގެ ނަރުހުންގެ ޑިއުޓީ ތާވަލް އެކުލަވާލާ މުވައްޒަފުންނަށް އެންގުން. އަދި ތަނުގެ މަސައްކަތަށް ދަތި ނުވާނެހެން އެކަށީގެންވާގޮތަށް ޚިދުމަތްދެވޭނެ އިންތިޒާމު ހަމަޖައްސާ އެކަން މުވައްޒަފުންނަށް އެންގާ އަމަލީގޮތުން އެމަސައްކަތްތައް ކުރުމުގައި ބައިވެރިވުން.
4.       ވަޒީފާއަށް އަލަށް ގުޅޭ ނަރުހުންނާއި އެހެން މުވައްޒަފުން ދަމަނަ ވެށި އަދި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ ޕޮލިސީތަކާއި ގައިޑްލައިން އަދި ގަވާޢިދު ތަކަށް އަހުލު ވެރިކުރުން.
5.       ހޯމް ވިޒިޓް، އެންސީޑީ، އެޑޮލަސަންޓް އަދި ސިޒޭޝަން ކްލިނިކް ހިންގުމުގައި ޕަބްލިކް ހެލްތް ޔުނިޓަށް އެހީތެރިކަންދިނުމާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލީގޮތުން ބައިވެރިވުން.
6.       ދަމަނަ ވެށިން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކުގައި އިސްނެގުމާއި ބައިވެރިވެދިނުމާއި އެހީތެރިވެދިނުން. މީގެ އިތުރުން ނަރުހުންނަށް ހާއްސަކޮށް އިންސާރވިސް ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުމާއި ޢަމަލީގޮތުން ބައިވެރިވުން.
7.       ތަނުން ފޯރުކޮށްދޭ ވެކްސިންގެ ޚިދުމަތާއި ގުޅޭގޮތުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، އެކަން އޮންނަ އުސޫލުން ރިޕޯޓްކުރުން އަދި އެކަން ތަނުގެ ވެރިންނަށް އެންގުން. މީގެ އިތުރުންވެސް، އެމް.ސީ.އެޗް ސަރވިސް ޔުނިޓުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކާއި ގުޅޭގޮތުން ޝަކުވާއެއް ހުށައެޅިއްޖެ ހިނދެއްގައި އެކަން ހިނގާފާއިވާގޮތް ބަލާ ކަމާގުޅޭ މުވައްޒަފުންނަށް އެކަން އެންގުން އަދި މައްސަލަ ހައްލުކުރުމަށް އެހީތެރިވެދީ ޚިދުމަތް ހޯދަން އައި ފަރާތަށް ޖަވާބު ދިނުން
8.       މަސައްކަތް ފެށުމުގެކުރިން އިންވެންޓްރީ ނަގައި ނާރސިންކެއާރ ދިނުމަށް ބޭނުންވާނެ ސެޓަޕް ޤާއިމްކުރުން. އަދި ޚިދުމަތަށް ބޭނުންވާ އެއްވެސް އެއްޗެއް މަދުވާނަމަ ޑިއުޓީގައިވާ މުވައްޒަފަށް އަންގާ ހަމަކުރުން. މެޑިކަލް ކޮންސިއުމަބްލްސްގެ ޚަރަދު ވީހާވެސް ކުޑަކުރުމާއި އެތަކެއްޗަށް ވީހާވެސް ބޮޑަށް ފަރުވާތެރިވެ ބެލެހެއްޓުން. މީގެ އިތުރުން މެޑިކަލް ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކަށް ބޭނުންވާ ތަކެތި ރިކުއެސްޓްކޮށް ހޯދުން.
9.       ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމާއި އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ބާރުއެޅުން. އަދި ޚިދުމަތް ދިނުމަށް ބޭނުންކުރާ އިންސްޓްރުމަންޓް ޤަވާޢިދުން ސްޓެރިލައިޒްކޮށް ބެލެހެއްޓުން.
10.   ޞިއްޙީ އިމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން
11.   ދަމަނަ ވެށިން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކުގައި އިސްނެގުމާއި ބައިވެރިވެދިނުމާއި އެހީތެރިވެދިނުން.
12.   މީގެ އިތުރުން ވެސް އިދާރާގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް:
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސީނިއަރ ރެޖިސްޓަރޑް ނަރސް އެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:
  • އެނެސްތެޓިކް ކެއަރ  
  • ކްރިޓިކަލް ކެއަރ  
  • ނާސިންގ  
  • ނަރސިންގ އެންޑް މިޑްވައިފަރީ  
·         ޕީޑިއާޓްރިކްސް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ނާސިންގ
ހުށަހަޅަންޖެހޭ ލިޔުންތައް:
1.       ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4.       ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5.       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)
6.       މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންގެ ކޮޕީ
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
އަސާސީ ޝަރުތު ހަމަވުން
މަޤާމު
ރޭންކް
މާކްސް
ކްލިނިކަލް ނަރސް
ޕަބްލިކް ސަރވިސް ރޭންކް 9
35
ތަޖުރިބާ
ކްލިނިކަލް ނަރސް
ޕަބްލިކް ސަރވިސް ރޭންކް 9
15
އިންޓަވިއު  އާއި ޕްރެޒެންޓޭޝަން
ރެޖިސްޓަރޑް ނާރސް
ޕަބްލިކް ސަރވިސް ރޭންކް 7
50
މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 15 ފެބްރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ދަމަނަ ވެށީގެ އީ-މެއިލް [email protected]  އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) އަދި އިންޓަރވިއު އޮންނާނީ 2026 ފެބްރުވަރީ މަހު ދަމަނަ ވެށީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް  [email protected]   އަށް ހުށަހަޅަންވާނެއެވެ.
  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3318901 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓްއުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

އިއުލާން ނަންބަރ:

(IUL)23-691-2026-1