މިނިސްޓްރީ އޮފް ހެލްތް ގެ ވެބްސައިޓް އަށް މަރުޙަބާ

ފަހުގެ ޚަބަރުއަރުޝީފް

މިނިސްޓްރީ އޮފް ހެލްތުގެ ސްޕޯރކްސްޕަރސަންގެ ގޮތުގައި ބޭފުޅަކު ހަމަޖައްސަވައިފި

30 ސެޕްޓެމްބަރ 2014

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އެކިއެކި ޑިޕަރޓްމަންޓްތަކާއި، ހޮސްޕިޓަލްތަކާއި އަދި ހެލްތު ސެންޓަރުތަކުގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ޞިއްޙީ އެކިއެކި މައްސަލަތަކާއި ގުޅޭ ގޮތުން މީޑިއާއަށް ދެއްވަންޖެހޭ މަޢުލޫމާތުތައް ދެއްވާނީ މިމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ތަސްލީމާ އުޘްމާން (މޮބައިލް: 7839683، އީ-މެއިލް: thasleema@health.gov.mv) ކަމުގައި މިއަދުވަނީ ހަމަޖައްސަވާފައެވެ. ... އިތުރަށް ވިދާޅުވޭ

ޞިއްޙީ ޙިދްމަތްދޭ ތަންތަނުގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމަށް މިފްކޯއާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

25 ސެޕްޓެމްބަރ 2014

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މުހިއްމު ބައްދަލުވުންތަކެއް ކުރިއަށްދަނީ

09 ސެޕްޓެމްބަރ 2014

2016 އިން 2025 އަށް އެކުލަވާލެވޭ ހެލްތު މާސްޓަރ ޕްލޭން އަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ބައްދަލުވުން ނިމިއްޖެ.

02 ސެޕްޓެމްބަރ 2014

ފަހުގެ ޕަބްލިކޭޝަންސްހުރިހާ އެއްޗެއް

ސިއްހީ މަޢުލޫމާތު

  • ގްރީން ޓީ

    ގްރީންޓީ ހޫނުކޮށް ނުވަތަ ފިނިކޮށް ބުޔަސް ކަސްރަތަށް ހަލުވިކަމާއި އާރޯކަން ގެނެސްދޭނެއެވެ. އޭގައި ހުންނަ ކެޓެޗިންސް އާއި، އެންޓިއޮކްސިޑަންޓްސްއާއި ކެފެއިން ހަށިގަނޑުގައި ހޫނު އުފައްދާ، ހިނގުމާއި، މެޓަބޮލިޒަމް ރޭޓު އަވަސްކޮށްދެއެވެ. ކަސްރަތުގެ 01 މިނެޓު ކުރިން ގްރީންޓީ ތައްޓެއް ބޯލާށެވެ.

  • ކްރެންބެރީ ޖޫސް

    ކްރޭންބެރީއަކީ ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށެގަނަ ނުދޭ މާއްދާއެއް ހުންނަ އެއްޗެކެވެ. އެހެންކަމުން ކްރޭންބެރީއަކީ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކުން (ބަލިތަކުން) ސަލާމަތްކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. ކްރޭންބެރީ ކޮކްޓެއިލްގައި ހަކުރުގެ މިންވަރު ހުންނަލެއް ގިނަކަމާއެކު، ކްރޭންބެރީ ޖޫހަށް ފެން އަޅައިގެން ނުވަތަ އޭގައި ހަކުރު ނުހުންނަ ވައްތަރުތައް ބަލައިގެން ބޭނުންކުރާށެވެ. ކްރޭންބެރީ ތާސީރު ހުންނަ ކެޕްސޫލުވެސް ރަނގަޅުވާނެއެވެ.

  • ފިޔާ، ލޮނުމެދު

    ދުވަހުގެ ކޮއްތުގެ ތެރެއަށް ރޯކޮށް ނުވަތަ ކުޑަކޮށް ކައްކާފައި ހުންނަ ފިޔަޔާއި، ލޮނުމެދު ލުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ވާގިވެރިވާނެކަމެކެވެ. ލޮނުމެދާއި، ފިޔާގައި އެންޓި ވައިރަލް އަދި ބެކްޓީރިއަލް މާއްދާތައް އެކުލެވޭކަމުން، ހަށިގަނޑުގެ ދިފާޢީ ނިޒާމު އެތަކެތިން ވަރުގަދަކޮށްދެއެވެ.

  • ދޮންކޭލާއި މޭވާ

    ކެއުމުގައި ޕޮޓޭސިއަމްގެ މާއްދާގައި ގިނައިން އެކުލެވޭ ކާނާ ބޭނުންކުރާ މީހުން ލޭމައްޗަށް ދިއުމާ ދުރުވާނެއެވެ. ސޯޑިއަމް މަދުކުރުމާއި، ހިތުގެ ދުޅަހެޔޮކަން އިތުރުކުރުވަނިވި ފިޔަވަޅުތައް އެޅުމުގެ އިތުރުން ޕޮޓޭސިއަމް ގިނައިން ހުން ބާވަތުގެ އެއްޗެތި ކަމުގައިވާ ދޮންކެޔޮ، އޮރެންޖު އަދި ކެންޓެލޯޕް ކެއުން ގިނަ ކުރާށެވެ.

  • ކަސްރަތުގެ ފައިދާ

    ތިބާ ހުންނަނީ ވަރުބަލިވެފައި ހެއްޔެވެ؟ ޖޯރަށް ބޭނުންވެފައި ހެއްޔެވެ؟ ވަރުބަލިވެފައި ހުންނައިރު ކުރާން އެންމެ ބޭނުންނުވާނެކަން ކަމުގައި ވީނަމަވެސް ވަރުބަލިވުމުން ކަސްރަތުކޮށްލާށެވެ. ހިނގާލުމުންވެސް ފުދެއެވެ. ނިދާލުމާއި، ކޮފީތައްޓެއް ބޯލުމަށްވުރެން ވަރުބަލިފިލާ ހަށިގަނޑު އާރޯވާނެއެވެ.

ހިޔާލު ހުށަހެޅުއްވުމަށް


Copyright © 2014 Ministry of Health and Gender, Republic of Maldives. All rights reserved.